އަލްފާޟިލް މުޙަންމަދު ޝަރަތު
މއ.ކާމިނީއިރުމަތީގެ

               މުޙަންމަދު ޝަރަތަކީ، އުމުރުން 15 އަހަރުން ފެށިގެން ބެޑްމިންޓަން ކުޅެމުން ގެންދާ، ރާއްޖޭގައާއި ރާއްޖޭން ބޭރުގައި، މިރޮނގުން ކާމިޔާބީތައް ހޯދަމުންގެންދާ ކުޅުންތެރިއެކެވެ. ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމު ރާއްޖެއިން ބޭރަށްކުރި ގިނަ ދަތުރުތަކުގައި މީނާ ބައިވެރިވެފައި ވެއެވެ. 1993 ވަނަ އަހަރާއި 1998 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވެ، ރާއްޖެއަށް ރިހިމެޑެލް ހޯދައިދިން ޤައުމީ ބެޑްމިންޓަން ޓީމުގައި ޝަރަތު ހިމެނުނެވެ.

               އިސްކަންދަރު ސްކޫލުގެ ސްޕޯޓްސް ސްޕަވައިޒަރެއްގެ ގަޮތުގައި ދެއަހަރެއްހާ ދުވަހު މަސައްކަތް ކޮށްދީފައިވުމާއި، އަމީނިއްޔާ ސްކޫލުގެ ބެޑްމިންޓަން ޓީމަށް އަހަރެއްހާ ދުވަހު މީނާ ކޯޗުކޮށްދީފައިވުން، މީނާގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

               މީގެއިތުރުން، ބެޑްމިންޓަން ޤައުމީ މުބާރާތްތަކާއި، އެހެނިހެން ބައެއް މުބާރާތްތަކުގެ ސިންގަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން ވަރަށް ގިނަފަހަރު ޝަރަތުވަނީ ހޯދައިފައެވެ. އަދި ޤައުމީ ބެޑްމިންޓަން މުބާރާތުން ވިދިވިދިގެން 7 އަހަަރު ޑަބަލްސް ޗެމްޕިއަންކަން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.