އަލްފާޟިލް ޙަސަން ޝަކީލް
ބްރީޒްވިލާ/ހދ.ވައިކަރަދޫ

               ޙަސަން ޝަކީލު، މެރިން ރިސަރޗް ސެންޓަރުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1990 ގައެވެ. ފަހަކަށްއައިސް، އެ ސެންޓަރުން ހިންގަވާ މަސްވެރިކަމުގެ ގިނަ ތަޙްލީލުތައް ކުރެއްވުމުގައި އިސްވެ ހުންނަވަނީ ޙަސަން ޝަކީލެވެ. މީގެއިތުރުން، އަމިއްލަ މަދަރުސާއެއްގައި ފިޝަރީޒް ސައިންސްގެ މާއްދާ ޝަކީލު ކިޔަވައިދެއްވަމުން ގެންދަވައެވެ. އަދި ރޭޑިޔޯއާއި ނޫސް މަޖައްލާތަކަށް މަސްވެރިކަމާބެހޭ މަޢުލޫމާތު ދެއްވަމުންވެސް ގެންދަވައެވެ.