އަލްފާޟިލް އަޙްމަދު ޞާލިޙު ޙުސައިން
ދޭލިޔާ/ޏ.ފުވައްމުލައް

               އަޙްމަދު ޞާލިޙު ޙުސައިން، ޞިއްޙީ ރޮނގުން ޚިދުމަތް ކުރައްވަން ފެށްޓެވީ 1972ވަނަ އަހަރުއެވެ. އޭރުއްސުރެ ފެށިގެން މިހާތަނަށް ދިވެހިބޭސް ކޮށްދެެއްވުމާއި، ޚިތާނު ކުރެއްވުމުގެ ޚިދުމަތް މީނާ ދެއްވަމުން ގެންދެވިއެވެ. 1975 ގައި ކޮމިއުނިޓީ ހެލްތު ވާކަރ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ސަރުކާރުގެ ވަޒީފާގައި ބައެއް އަތޮޅުތަކުގައި ޚިދުމަތް ކުރެއްވި ދުވަސްވަރުވެސް ދިވެހި ބޭސްވެރިކަން ކުރެއްވުމާއި، ޚިތާނުކުރެއްވުން ހުއްޓަވާނުލައްވައި ޞާލިޙު ކުރިއަށް ގެންދަވާފައި ވެއެވެ. އަދި ދެމީހަކަށް ޚީތާނު ކުރުމުގެ މަސައްކަތް ދަސްކޮށްދެއްވާފައިވެސް ވެއެވެ.

               1987 ވަނަ އަހަަަަަރުން ފެށިގެން، "ދިވެހިބޭސް ކްލިނިކް"ގެ ނަމުގައި މާލޭގައި ކްލިނިކެއް އަޙްމަދު ޞާލިޙު ހިންގަވަމުން ގެންދަވައެވެ. މި ކްލިނިކުގައި، ތަފާތު ބަލިބަަައްޔަށް ބޭނުންކުރުމަށް ޙަކީމީ ބޭސް ތައްޔާރުކޮށްފައި އަބަދުވެސް ހުރެއެވެ. ކަރާޗީގެ މެޑިކަލް ކޮލެޖަކުން ޙަކީމީ ބޭސްވެރިކަމާބެހޭ ކޯހެއްވެސް ވަނީ ފުރިހަމަކުރައްވާފައެވެ.