އައްޝައިޚު ޙުސައިން ޔޫސުފް
މ. ނޫހިރި
ޙުސައިން ޔޫސުފަކީ، 1989 ން ފެށިގެން މަދްރަސަތުލްނަހްޒާގެ ނަމުގައި، މިހާރު އުއްމުލްޤުރާ ސެކަންޑަރީ ސްކޫލުގެ ނަމުގައި ބ.ހިތާދޫގައި މަދަރުސާއެއް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ. މި ސްްކޫލުގައި ސާނަވީ ފެންވަރަށް ކިޔަވައި ދެއްވަމުން ގެންދަވައެވެ. މި ސްކޫލުގެ ދަަަަަަަރިވަރުން ޖީ.ސީ.އީ. އޯ.ލެވެލް އިމްތިޙާނުގައި މިހާތަނަށް 4 އަހަރު ބައިވެރިކުރައްވާފައި ވެއެވެ. ފުރަތަމަ ބައިވެރިކުރައްވަމުން ގެންދެވީ ހިސާބާއި އިނގިރޭސި، މި ދެ މާއްދާގަަައެވެ. ފަހުން އިތުރު މާއްދާތަކުގައިވެސް ބައިވެރިކުރައްވަން ފަށްޓަވާފައި ވެއެވެ. މިހާތަނަށް ހިސާބުން ފާހަގަކޮށްލެވޭވަރުގެ ރަނގަޅު ނަތީޖާއެެއް އެ ސްކޫލުގެ ދަރިވަރުން ހޯދާފައިވެއެވެ. މިއަހަަރުވެސް ޖީ.ސީ.އީ. އޯ.ލެވެލް އިމްތިޙާނުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވެއެވެ.