އަލްފާޟިލް މުޙައްމަދު އިކްރާމް
މ.ކާނިމާގެ

        މުޙައްމަދު އިކްރާމަކީ، މިޔުޒިކް އުފެއްދެވުމާއި، މިޔުޒިކް ދަސްކޮށްދެއްވުމާއި، އެރޮނގުން މީހުންނާއި ކުދިން ތަމްރީނު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި މަސައްކަތް އިކްރާމް ފެށްޓެވީ، އެން.އެސް.އެސް.ގެ ބޭންޑުގައި އުޅުއްވިއިރުއެވެ. 1993ން ފެށިގެން އިކްރާމް ކުރައްވަމުން ގެންދަވާ މި މަސައްކަތްތަކުގެ ތެރޭގައި، މިޔުޒިކް ކިޔަވައިދެއްވުމާއި، އިންސްޓްރުމަންޓަށް ކުދިން ތަމްރީނު ކުރުވުމާއި، މިޔުޒިކް ކޮމްޕޯޒް ކުރެއްވުމާއި، ރެކޯޑް ކުރެއްވުމާއި، އެރޭންޖް ކުރެއްވުން ހިމެނެއެވެ. 

       1998ން ފެށިގެން މިހާތަނަށް، 350 އަށްވުރެ ގިނަ ލަވަ ރެކޯޑްކޮށްދެއްވައި، މިކްސްކޮށް މާސްޓަރ ހަައްދަވާފައިވެއެވެ. ބައެއް ލަވަމުބާރާތްތައް ކޯޑިނޭޓްކޮށް ހިންގެވުމާއި، ލައިވް މިޔުޒިކް ޝޯތަކުގެ މެއިން ސައުންޑް ރާއްވަވައި، ހިންގަވައި، މިކްސް ކުރެއްވުމާއި، ސަރުކާރާއި، އަމިއްލަ ފަރާތްތަކުން ހިންގަވާ ބައެއް ކޯސްތަކުގެ ބައިވެރިންނަށް މިޔުޒިކް ކިޔަވައިދެއްވުމާއި، ބައެއް މަދަރުސާތަކުގެ މާރޗިންގ ބޭންޑް ތަމްރީނު ކުރެއްވުމާއި، މިޔުޒިކް ސިލަބަސް ތައްޔާރުކޮށްދެއްވުން ހިމެނެއެވެ. ފިލްމުތަކަށާއި، ޑްރާމާތަކަށް ބެކްގްރައުންޑް މިޔުޒިކް ހައްދަވައި ރެކޯޑްކޮށްދެއްވުމާއި، ލަވަ ކޮމްޕޯޒް ކުރެއްވުން، އިކްރާމްގެ މިޔުޒިކްގެ ދާއިރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މިހާތަނަށް 40 އަށްވުރެ ގިނަ ލަވަ ކޮމްޕޯޒް ކުރައްވާފައިވެއެވެ. އެލަވަތަކުގެ ތެރޭގައި ބައެއް މަދަރުސާތަކާއި، ޖަމާޢަތްތަކާއި، ކުންފުނިތަކާއި، ލަވަމުބާރާތްތަކަށް ހައްދަވައިދެއްވާފައިވާ ލަވަތަކާއި، ޚާއްޞަ ރަސްމިއްޔާތުތަކުގެ ތީމް ލަވަ އަދި ކެޕްޝަން މިޔުޒިކާއި، ބެކްގްރައުންޑް މިޔުޒިކް ހިމެނެއެވެ. ޓީ.ވީ އާއި ރޭޑިޔޯ ޕްރޮގްރާމްތަކަށާއި، އަމިއްލަ ފަރާތްތަކުގެ އިޝްތިހާރުތަކަށް، މިހާތަނަށް 100 އަށްވުރެ ގިނަ އުފެއްދުން އިކްރާމް އުފައްދަވާފައިވެއެވެ.