އަލްފާޟިލާ މޫނިސާ ޢީސާ
ފިނިފެންމާގެ/ތ.ވިލުފުށި

           މޫނިސާ ޢީސާ، ނޫސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ، 1996 ވަނަ އަހަރުއެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ، އާފަތިހުގައި، ރިޕޯޓަރ ޓްރޭނީއެއްގެ ގޮތުންނެވެ. އާފަތިހުގެ ތަފާތު މަޤާމުތައް ފުރުއްވަމުން ވަޑައިގެން، މިހާރު މޫނިސާއަކީ، އާފަތިހުގެ ސީނިއަރ އެސިސްޓެންޓް އެޑިޓަރުވެސްމެއެވެ.

         މޫނިސާއަކީ، ތަފާތު ދާއިރާތަކުގެ ރާއްޖޭގެ ޚަބަރުތަކާއި، ރިޕޯޓްތަކާއި، ފީޗަރ އަދި އިންޓަރވިއު ފަދަ ތަކެތި ލިޔުއްވައި، އާފަތިހުގައި ޝާއިޢުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މޫނިސާގެ ލިޔުއްވުންތަކުގެ ޚާއްޞަ ދާއިރާތަކުގެ ތެރޭގައި، އިޖްތިމާޢީ މައްސަލަތަކާއި، އަންހެނުންނާއި ކުޑަކުދިންނާބެހޭ މައްސަލަތަކާ ގުޅޭ ލިޔުއްވުންތައް ހިމެނެއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ކަވަރޭޖާއި، ބޮޑެތި ހާދިސާތަކުގެ ކަވަރޭޖްވެސް ހިމެނެއެވެ.