އަލްފާޟިލް އަޙްމަދު ޙުސައިން
ފެބްރުއަރީގެ/ޏ.ފުވައްމުލައް

           އަޙްމަދު ޙުސައިނަކީ، މަސްވެރިކަންކުރާ އެކިވަރުގެ އުޅަނދުފަހަރު އުފައްދަވައި، ކުދި ދޯނިފަހަރު ހެޔޮއަގުގައި، މަސްވެރިކަންކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި ވޭތުވެދިޔަ ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި، އަޙްމަދު ޙުސައިން އުފެއްދެވި ދޯނިފަހަރުގެ ސަބަބުން، ރަށުގެ ގިނަ ބަޔަކަށް މަސްވެރިކަން ކުރުމުގެ މަގު ތަނަވަސްވެފައިވެއެވެ. އަދި މަސްވެރިކަމަށް ގިނަބަޔަކު ޝައުޤުވެރިވެފައި ވެއެވެ. އަދި ގިނަބަޔަކަށް އާމްދަނީ ލިބޭނެ މަގުވެސް ތަނަވަސްވެފައިވޭމެއެވެ.

       އަޙްމަދު ޙުސައިން މިހާތަނަށް، އެކިވަރުގެ 8 އުޅަނދު އުފައްދަވާފައިވެއެވެ. މީގެތެރޭގައި، މިޒަމާނުގެ މަސްވެރިކަމަށް ތައްޔާރުކުރައްވާފައިވާ 77 ފޫޓުގެ ދޯނީގައި އިސް ކެޔޮޅެއްގެ ގޮތުން އަޙްމަދު ޙުސައިން މަހަށް ފުރުއްވަމުން ގެންދަވައެވެ. މިޒަމާނުގެ ގޮތަށް މަސްވެރިކަން ކުރުމަށް ހަތަރު މީހަކަށް ތަމްރީނުދެއްވައި، މަސްވެރިކަމަށް ނެރުއްވާފައިވެއެވެ. އަޙްމަަދު ޙުސައިން، އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވަނީ، މަސްވެރިކަމުގައެވެ.