އަލްފާޟިލް އިބްރާހީމް ޞަބްރީ
ބިންބިމާގެ/ސ.ހިތަދޫ

            އިބްރާހީމް ޞަބްރީއަކީ، ވޭތުވެދިޔަ 12 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ކޮންމެ 4 މަހަކުން އެއްފަހަރު ތެލަސީމިއާ ކުދިންނަށާއި، އެހެނިހެން ބަލިމީހުންނަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ހިތަދޫ ހޮސްޕިޓަލްގައި ތިބޭ ބަލިމީހުންނަށް ލޭ ބޭނުންވެގެން ކޮންމެ ވަގުތަކު ޞަބްރީއާ ގުޅާލިނަމަވެސް ލޭދޭ މީހުން ހޯއްދަވައިދެއްވައެވެ. އެހެންކަމުން، މަދު ފަހަރެއްގައި ނޫނީ ހޮސްޕިޓަލްގައި ތިބޭ ބަލިމީހުންނަށާއި ތެލެސީމިއާ ކުދިންނަށް ލޭ ހޯދައިދީފައިވަނީ، ޞަބްރީ މެދުވެރިވެގެންނެވެ.

           މި މުއްދަތުގެ ތެރޭގައި އިބްރާހީމް ޞަބްރީ މެދުވެރިވެގެން ގާތްގަނޑަކަށް 780 އަށްވުރެ ގިނަ ޑޯނަރުން ހޯއްދަވައިދެއްވާފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފާހަގަކުރެވިފައިވެއެވެ.