ފޯކަސް އެޑިޔުކޭޝަން ސެންޓަރ

   ފޯކަސް އެޑިޔުކޭޝަން ސެންޓަރަކީ، 1995ން ފެށިގެން، ތަޢުލީމާއި ތަމްރީނު ދެމުންގެންދާ މަރްކަޒެކެވެ. މި ސެންޓަރުގެ ގޮފިތައް، މާލޭގެ އިތުރުން، ހދ.ކުޅުދުއްފުށީގައިވެސް ހިންގަމުން ގެންދެއެވެ. މިސެންޓަރުން ހިންގާ ކޯސްތަކުގެ ތެރޭގައި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ ރޮނގުން ކުރު މުއްދަތުގެ އަދި ޑިޕްލޯމާ ކޯސްތަކާއި، މެނޭޖްމަންޓްގެ ރޮނގުން، ކުރު މުއްދަތުގެ އަދި ޑިޕްލޯމާ ކޯސްތަކާއި، ވިޔަފާރީގެ ރޮނގުން "އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް"ގެ ކޯސްތަކާއި "ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ" (ޔޫ.ކޭ.)ގެ، މާކެޓިންގ ޑިޕްލޯމާފަދަ ތަފާތު ކޯސްތައް ހިމެނެއެވެ. މިސެންޓަރުން މިހާތަނަށް، ދިހަހާހަށްވުރެ ގިނަ ދަރިވަރުންނަށް އެކި ފެންވަރުގެ ތަމްރީނު ދީފައިވެއެވެ.

       މިސެންޓަރަކީ، "ބްރިޓިޝް ކޮމްޕިއުޓަރސް ސޮސައިޓީ"ގެ މެންބަރެކެވެ. އަދި އިނގިރޭސިވިލާތުގެ "އެޑެކްސެލް"އިން ގަބޫލުކޮށްފައިވާ އެޑިޔުކޭޝަން ސެންޓަރެކެވެ. މީގެއިތުރުން، "ފްރެންކްލިން ކަވީ އިންޓަރނޭޝަނަލް"ގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވަކީވެސް، މި ސެންޓަރެވެ.

      ފޯކަސް އެޑިޔުކޭޝަން ސެންޓަރުގެ މަސްއޫލު ފަރާތަކީ، ފޯކަސް ކޮމްޕިއުޓަރސް ޕްރައިވެޓް ލިމިޓެޑެވެ.