އަލްފާޟިލް މަރޮށީ ޙުސައިން ކަލޭފާނު
މ.އަރީޖު

ޙުސައިން ކަލޭފާނަކީ، ށ.މަރޮށީގައި، މަދްރަސަތުލް މުނައްވަރާގެ ނަމުގައި ސްކޫލެއް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ. މި ސްކޫލް ޙުސައިން ކަލޭފާނު ހިންގަވާތާ 27 އަހަރު ވެއްޖެއެވެ. އެ ސްކޫލް ހިންގަވަނީ، ޙުސައިން ކަލޭފާނުގެ އަމިއްލަ އިމާރާތެއްގައެވެ. އަދި އެ ސްކޫލުގައި ވަޒީފާ އަދާކުރާ ގިނަ މުވައްޒަފުންނަކީ، ޙުސައިން ކަލޭފާނުގެ  މުވައްޒަފުންނެވެ. އެ ސްކޫލުގައި ބޭނުންކުރާ ތަކެއްޗަކީވެސް، ޙުސައިން ކަލޭފާނުގެ އަމިއްލަ ތަކެއްޗެވެ. އެ ސްކޫލް ހިންގުމަށް އެވްރެޖްކޮށް އަހަރަކު -/1,100,000 (އެގާރަ ލައްކަ) ރުފިޔާ ޚަރަދުވެއެވެ.

މިހާރު މަދްރަސާ ހިންގަވާ އިމާރާތް ބާވުމުގެ ސަބަބުން މުޅި ސްކޫލް އަލުން އިމާރާތްކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ކުރެއްވުމުގެ މަޝްރޫޢެއް، ޙުސައިން ކަލޭފާނުގެ އަމިއްލަ ޚަރަދުގައި ހިންގަވަމުން އެބަ ގެންދަވައެވެ.

މިރޮނގުން ޢާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ އިނާމު 1992 ގައި ޙުސައިން ކަލޭފާނަށް ލިބިވަޑައިގެންފައިވެއެވެ.