އއ.ތޮއްޑޫ ރަށްކުރިއަރުވާ ކޮމިޓީ
އއ.ތޮއްޑޫ

       ތޮއްޑޫ ރަށްކުރިއަރުވާ ކޮމިޓީއިން، ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލަކުން، ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކޮށް، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް މަގުފަހިކުރުމުގެގޮތުން، ކަމާބެހޭ ފަރާތްތަކުގެ އެހީއާއެކު، ދަނޑުވެރިކަމުގެ މަސައްކަތް ދަސްކުރުމަށް މީހުން ފޮނުވައިގެން ތަމްރީނު ދެވިފައިވެއެވެ. އަދި ކޮމިޓީން އިންތިޒާމުކޮށްގެން، ދަނޑުވެރިކަމާބެހޭ މަޢްލޫމާތުދޭ ސެމިނާރާއި، މަސައްކަތު ބައްދަލުވުންތައްވެސް ރަށުގައި ބާއްވަމުން ގެންދެއެވެ.

       ތޮއްޑޫގެ ދަނޑުވެރިން، ކިއުކަމްބާއާއި، ކަރައާއި، މެލަންގެ އާ ވައްތަރުތައް ތަޢާރުފްކޮށް ބާޒާރަށް ނެރެފައިވެއެވެ. މާލޭގެ މާރުކޭޓުގައި ވިއްކާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން، ގިނަ ތަކެއްޗަކީ، ތޮއްޑޫގައި ހައްދާ ތަކެއްޗެވެ. ތޮއްޑޫގެ ދަނޑުވެރިންނަކީ، މިހާރު ކޮންމެ މޫސުމެއްގައިވެސް ދަނޑުވެރިކަން ކުރަމުންގެންދާ ބަޔެކެވެ.

        1996 ވަނަ އަހަރު ދުނިޔޭގެ ކާބޯތަކެތީގެ ދުވަހު ބޭއްވުނު ކާބޯތަކެތީގެ މައުރަޒުން 1 ވަނަ މި ކޮމިޓީއަށް ލިބިފައިވެއެވެ.