އަލްފާޟިލް އަޙްމަދު ވަޙީދު
ހ.ކްއީން

 

          ބައެއްމީހުން ދިރިއުޅުމަށް ކުރާ މަސައްކަތެއްކުރަމުން ގެންދާއިރު ޙަޤީޤަތުގައި އޭނާ އެންމެ ކުރާހިތްވާކަމަކީ ކޮބައިކަން ދެނެގަތުމަކީ، މާ ފަސޭހަކަމަކަށް ނުވާނެއެވެ. އެގޮތުން، ހެންވޭރު ކުއީން އަޙްމަދު ވަޙީދު ފެނުމުން ހިތަށްވަންނަ ވަނުމާއި، އޭނާ އެންމެ ޝައުޤުވެރިކަން ހުންނަ ކަމަކާ މުޅިން ތަފާތެވެ. އޭނާއަކީ، ކުޅިވަރު ކްލަބަކަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އަދި މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައި ކްލަބެއް ހިންގަވަމުން ގެންދަވާފައިވާ ބޭކަލެކެވެ. މިދެންނެވި ކްލަބަށް ޒުވާންކުދިން ޝައުޤުވެރިކުރުވައި، ކްލަބް ދިރުވުމަށް ފާހަގަކުރެވޭފަދަ ބުރަ މަސައްކަތްތަކެއް އޭނާވަނީ، ކުރައްވާފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި، ބައިސްކަލް ރޭހުގައާއި، ވޮލީ އާއި ފުޓްބޯޅައިގެ ރޮނގުން ކްލަބަށް ވަރަށް ރީތި ނަންތަކާއި ރަން ވަނަތަކެއް ހޯދޭ ފެންވަރަށް ކްލަބް ގެންދެވުމުގައި، ފައިސާގެގޮތުންނާއި، މަސައްކަތުގެގޮތުން ވަރަށްބޮޑު އެހީތަކެއް އޭނާވަނީ، ވެދެއްވާފައެވެ. އެ ކްލަބްގެ އިދާރާއަކީވެސް އޭނާ މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެ ކަމުގައި ހައްދަވައިގެން ރެޔާއި ދުވާލު ކްލަބަށް ޚިދުމަތްކުރައްވާ ބޭކަލެކެވެ. އެ ކްލަބަކީ، ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބެވެ.