އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރު
މއ.ކަށިމާ

 

މިއަދު ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ދިވެހި ފިލްމު އުފެއްދުމާއި، ތަމްސީލުކުޅުމަށް ގިނަ ބަޔަކު ކުރިމަތިލައިގެން ކުރިއަށްދިޔަކަމުގައިވިޔަސް، މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާއިރު އެކަން އޮތީ، އެންމެ ދަށްފެންވަރުގެ މީހުން މަގުމަތީގައި، ގޭގޭދޮށުގައި ކުރާކަމެއްގެ ގޮތުގައެވެ. މިހެން އޮއްވައި އެކަމަކީ، ތަޢުލީމީ މީހުންވެސް ކުރާ ކަމެއްގެގޮތަށް ބަދަލުކޮށްލުމުގައި އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމު ކުރެއްވި މަސައްކަތުގައި، ތަރުބިއްޔަތު ދެއްވި މުމައްސިލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅަކީ  މަޝްހޫރު ކަށިމާ ޝާކިރެވެ.