އަލްފާޟިލް ޙުސައިން ޢަފީފް
ކޭވަކުގެ / ގދ.ތިނަދޫ

ހައިދަރުއާބާދުގެ ދުއްކަންގެ ނިޒާމިއްޔާ ޠިއްބީ ކޮލެޖުން ޙަކީމްކަމުގެ ޢިލްމު ޙާޞިލުކުރައްވާފައިވާ އަލްފާޟިލް ޙުސައިން ޢަފީފަކީ، މިރޮނގުން ކިޔެވުން ނިންމަވާފައި، އިންޑިޔާއިން މާލެ ދުރުވެ ހުންނެވި ބޭފުޅެކެވެ. އެދުވަހުން ފެށިގެން ބޭސްކޮށްދެއްވުމުގެ ގޮތުން އޭނާވަނީ، މަތިވެރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ފުރަތަމަ، ސަރުކާރުގެ މުވައްޒަފެއްގެ ގޮތުން މާލޭގައި، އޭގެފަހުން ޚިދުމަތްތެރި ބޭސްވެރިއެއްގެގޮތުން އޭނާގެ ރަށުގައި ހުންނަވައިގެންނެވެ. އަތޮޅުގެ އެހެން ރަށްރަށުންނާއި، އެހެން އަތޮޅުއަތޮޅުގެ ރަށްރަށުން އޭނާ އަރިހަށް އަންނަ މީހުންނަށް އޭނާ ބޭސްފަރުވާ ކޮށްދެއްވައެވެ. އޭނާ މިމަސައްކަތްކުރައްވަނީ، ފީއަކާ ނުލައި، ޚިދްމަތެއްގެ ގޮތުގައެވެ.