އަލްފާޟިލް ޔޫސުފް ޢަލިފުޅު
ގުލްޒާރުގެ / ބ.ދަރަވަންދޫ

އަލްފާޟިލް ޔޫސުފް ޢަލިފުޅަކީ، ކޮންމެ މައުޟޫޢެއް ދިމާވިނަމަވެސް އެމައުޟޫޢުއަކަށް ޅެން ހައްދަވާ ކުޅަދާނަ ޝާޢިރެކެވެ. ބ.އަތޮޅުން އަރައިގެން އައި ތަރިއެކޭވެސް ދެންނެވިދާނެއެވެ. އޭނާ ޅެން ހައްދަވަން ފެށްޓެވީ، މަދްރަސަތުލް މަޖީދިއްޔާގެ ޠާލިބެއްގެގޮތުގައި ދާރުލްއިޤާމާގައި އުޅުއްވި ދުވަސްވަރުއެވެ. އޭނާގެ ޅެންތައް ފުރަތަމަ ޝާއިޢުކުރެވުނީ، އޭރު މަދްރަސަތުލް މަޖީދިއްޔާގައި ނުކުންނަމުންދިޔަ މަޖައްލަތުލް ރާބިޠާގައެވެ. އެއަށްފަހު، މާލޭގެ ނޫސްތަކަށާއި މަޖައްލާތަކަށް، ޤައުމީ ޅެންތަކާއި، ލޯބީގެ ޅެންތައް ގިނަ ޢަދަދަކަށް ފޮނުއްވާކަމަށާއި، މިހާރު ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ޅެން ހައްދަވައިފިކަމަށް ވެއެވެ.

މުބާރާތަކަށް އެންމެ ފުރަތަމަ ޅެން ހުށަހެޅުއްވީ 1984ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒްގެ ފަރާތުން ބޭއްވެވި މަޒްމޫނު ލިޔުމާއި ޅެން ހެދުމުގެ މުބާރާތަށް ކަމަށާއި، އެ މުބާރާތުގައި އޭނާގެ ޅެމެއް މަތީ ވަނައަކަށް ހޮވިގެން އިނާމާއި ސަނަދު ލިބިލައްވާފައިވާކަމަށް ވެއެވެ.