އަލްފާޟިލް ޢަލީ ޙުސައިން
ނަރުގިސްވިލާ/ ޅ.ނައިފަރު

ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ޢާއްމު ޚިދުމަތަށް ހިތްވަރުދިނުމުގެ ގޮތުން އިނާމު ޙާޞިލުކުރައްވާފައިވާ ޢަލީ ޙުސައިނަކީ، ރާއްޖެތެރޭގެ ވަރަށް ހަރުދަނާ ބޭކަލެކެވެ. މަދްރަސަތުލް މަޖީދިއްޔާއިން  ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ރަށަށް ދުރެވެ، އެރަށުގެ ތަފާތު ވަޒީފާތަކުގައި ރަށުގެ ރައްޔިތުންނަށް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭކަލެކެވެ. ރަށުގައި، މަދަރުސާތަކުންނާއި، ޖަމުޢިއްޔާތަކުން ޝާއިޢުކުރައްވާ މަޖައްލާތަކަށާއި، މާލޭގެ ބައެއް ނޫސްތަކަށާއި، މަޖައްލާތަކަށް ތަފާތު މައުޟޫޢުތަކަށް، އޮށްޓަރުހުރި މަޤާލާތައް ލިޔުއްވަމުން ގެންދަވާ ބޭކަލެކެވެ. އޭނާ، ޢަރަބިބަހުން ލިޔެފައިވާ ފޮތްފޮތާއި، ނޫސްތަކުން ދިވެހިބަހަށް ތަރުޖަމާކުރައްވާފައިވާ ވާހަކަތަކަކީ، ވަރަށް މޮޅު އަދި ރީތި ވާހަކަތަކެކެވެ. އޭނާ ތަރުޖަމާ ކުރެއްވި ވާހަކަތަކުގެ ތެރޭގައި "އީމާންކަމުގެ ބާރު" "އަލްވަލިއްޔުއްޝައިޚުލް މައްކީ" މި ދެވާހަކައަކީ، ވަރަށް އަސަރުގަދަ އަދި އެހާމެ ރީތި ދެވާހަކައެވެ. އޭނާގެ އަމިއްލަ ޢިބާރާތުންވެސް، ދިވެހި ވާހަކަ ލިޔުއްވާފައިވެއެވެ. "ރަށްފުށުގެ ދިރިއުޅުން" "ހުވަފެން ތަޢުބީރު" އޭނާގެ ވާހަކަ ލިޔުއްވުންތަކުގެ ތެރޭގައި ހިމެނެއެވެ.