އަލްފާޟިލާ ޒުލައިޚާ ޖަމީލް
މ.ކުއްޅަވައްގެ

ގިނަފަހަރަށް ވަރަށް ދަތި ކަންތައްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމާއެކުވެސް، އަދި މީހުންގެ ނުރުހުމުގެ ބަސްތަކާ ކުރިމަތިލައްވަންޖެހިވަޑައިގެންފައި އޮތުމާއެކުގައިވެސް، ޒުލައިޚާ ޖަމީލް ވަރަށް ހީވާގިކަމާއެކު ޞިއްޙީ ދާއިރާގައި، ސެންޓްރަލް ހޮސްޕިޓަލްގައި، މަސައްކަތްކުރައްވަމުން ގެންދަވާފައިވެއެވެ. ރާއްޖޭން ބޭރުގައި މެލޭޝިޔާގައި، ނަރުސްކަމާބެހޭ ތަޖުރިބާއާއި، މަޢުލޫމާތު ހޯއްދަވާފައިވެއެވެ. އަލްފާޟިލާ ޒުލައިޚާ ޖަމީލަކީ، ހިތްތިރި، މަޑުމައިތިރި ޚުލުޤު ހެޔޮ ރަނގަޅު ބޭފުޅެކެވެ. މީހުންގެ ނުރުހުމާއެކުގައިވެސް، އިންސާނީ ޚިދުމަތަކީ، އޭނާ އެންމެ ލޯބިފުޅުވާ ކަންތަކެވެ.