އަލްފާޟިލް އަޙްމަދު ނާޝިދު
ގ.އަލިފުށީގެ

އަޅުގަނޑުމެންގެ ތެރޭގައި ދިވެހި މިޔުޒިކެއް ބޭރުގެ އިންސްޓްރޫމަންޓްގައި ނުވަތަ ބޭރުގެ އެއްޗެހީގައި ދިވެހި މިޔުޒިކެއް ކުޅެ، ދިވެހި ގޮތްތަކެއް މިޔުޒިކަށް ގެނައުން އެއީ މާފަސޭހައިން މީހުންނަށް ކުރެވޭނެ ކަމެއްނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި އާ ރާގު އުފައްދާ މީހުން އެބަތިއްބެވެ. އެހެންނަމަވެސް އެރާގު ގިނަފަހަރަށް ވަނީ، ކޮންމެވެސް އިންޑިޔާ ރާގެއްގެ ނުވަތަ އިނގިރޭސި ރާގަކާ ގުޅިފައި ހުރި ރާގަކަށެވެ. އެއާ ޚިލާފަށް އަޙްމަދު ނާޝިދަކީ، ބޭރުގެ މިޔުޒިކް އިންސްޓްރުމަންޓްގައި ދިވެހިވަންތަކަން ހުންނަގޮތަށް ރާގާއި ލަވަ ކުޅުއްވަމުން ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ބޭރުގެ ރާގުތަކަށް ކަންފަތް ހޭނި، ދެން އެހެން ގޮތެއް ނެތިފައި ތިއްބާ، ނާޝިދުގެ މަސައްކަތުން އާދެ، ޒީރޯ ޑިގްރީ އެޓޯލްގެ ދޯނި އަލްބަމް ނެރުއްވިއެވެ.