އަލްފާޟިލް މުޙައްމަދު އަޙްމަދުދީދީ
ހ.ފުލިދޫގެ

އެންމެ ކުރީއްސުރެ ރާއްޖޭގައި ފޮޓޯ ނެގުމަށް މަޝްހޫރު ތިބެނީ އެކެއް ދެމީހެކެވެ. އަދި އެޚިދުމަތް އޭރު އޮތީވެސް ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައެވެ. މިހެން އޮއްވައި، ބައިނަލްއަޤްވާމީ ފެންވަރަކަށް އެދާއިރާ ފުޅާކޮށްދެއްވި އެއް ބޭފުޅަކީ، އަލްފާޟިލް މުޙައްމަދު އަޙްމަދުދީދީއެވެ.

އޭނާ ފޮޓޯގެ މަސައްކަތް ފުރަތަމަ ފެށްޓެވީ، އެމް.އެސް.އެލް.ގެ ބޯޓެއްގެ ވަޒީފާގައި އުޅުއްވަމުންނެވެ. އެއަށްފަހު 1970 ވަނަ އަހަރު ވަކި ޚާއްޞަ ތަނެއް ހައްދަވައިގެން ވަރަށް ބާރަށް އެމަސައްކަތް ކުރިއަށްގެންދަވަން ފެށްޓެވިއެވެ. މިމަސައްކަތް ކުރެއްވުމުގައި ބޭރުގެ އެކިއެކި މަޢުރަޟުތަކުގައި އޭނާގެ ފޮޓޯ ބައިވެރިކުރައްވައިގެން ވަނަ ހޯއްދަވާފައިވެއެވެ. އޭނާ ކުރެއްވި މިމަސައްކަތުގެ ނަތީޖާއެއްގެގޮތުން، ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނި ކަމުގައިވާ ކޮޑެކް ކުންފުނީގެ އަވަސް ޚިދުމަތްތައްވެސް އޭނާ މެދުވެރިވެވަޑައިގަންނަވައިގެން ދެއްވަމުން ގެންދަވައެވެ.