އަލްފާޟިލް ނެއްލައިދޫ ޢަބްދުﷲ މުޙައްމަދު
މުއިރި/ ހދ.ނެއްލައިދޫ

ދަނޑުވެރިކަމަކީ، ރާއްޖޭގައި ވަރަށް މުހިއްމު ކަމެއް މިއަދު ދެވެމުން އަންނަ އެއްރޮނގެކެވެ. އެހެންކަމާއެކީގައި، ދަނޑުވެރިކަމުގެ ރޮނގުން މަސައްކަތްކުރާ މީހުންނަކީ، ސަރުކާރުން އެމީހުންގެ ޚިދުމަތުގެ އަގުވަޒަންކުރާ ބައެކެވެ. ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ޢަބްދުﷲ މުޙައްމަދަކީ، މިރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ދަނޑުވެރިކަން އެއީ މުޅި ދިރިއުޅުމުގެ މަސައްކަތްކަމުގައި ދެކިގެން އެމަސައްކަތް ކުރަމުންގެންދާ ބޭފުޅެކެވެ. އަދި އެކަމުގެ ޝައުޤު ވަރަށް ބޮޑަށް ހުރެއެވެ. އެކި ތަފާތު މަސައްކަތްކޮށް، އެއިން އެކަށީގެންވާ އާމްދަނީއެއް ހޯދައެވެ. އެމަސައްކަތަކީ، އާމްދަނީ ހޯދައިގެން ދިރިއުޅެން ބޭނުން މަސައްކަތެއްގެގޮތުގައި ގެންގުޅެވިދާނެ މަސައްކަތެއްކަން ދެއްކޭތޯ މަސައްކަތްކުރެއްވިއެވެ. އަލްފާޟިލް ނެއްލައިދޫ ޢަބްދުﷲ މުޙައްމަދު އެމަސައްކަތް ކުރައްވަމުން ގެންދަވަނީ، ނެއްލައިދުއާ ކައިރީގައި އޮންނަ "މުއިރި" ކިޔާ ފަޅުރަށެއްގައެވެ. ވަރަށް ހިތްވަރާއެކުގައި އޭނާ މަސައްކަތްކުރައްވައެވެ.