އަލްފާޟިލާ މަރިޔަމް ވަޙީދާ
ހ.ދުނި

އަލްފާޟިލާ މަރިޔަމް ވަޙީދާއަކީ، ދިވެހިންގެ އާއްމު ދިރިއުޅުމާ ޚާއްޞަކޮށް ޢާއިލީ ދިރިއުޅުމާބެހޭގޮތުން ވަރަށް ފުންކޮށް ވިސްނާވަޑައިގަންނަވާ ޚިޔާލުފުޅުކުރައްވާ ބޭފުޅެކެވެ. އޭނާ މިފަދަ ކަންތައްތަކާ ދޭތެރޭ ކުރައްވާ ޚިޔާލުފުޅުތައް ރާއްޖޭގައި ނިކުންނަ ދުވަހުނޫހުގައިވެސް ޝާއިޢުކުރައްވަމުން ގެންދަވައެވެ. އަދި އަންހެނުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން އޭނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައިވެސް ވަރަށް ގިނަ ކަންތައްތަކަށް އަލިއަޅުވާލައްވައި، ނަޞޭޙަތްތެރިވެ ވަޑައިގަންނަވައެވެ. ދިރިއުޅުމުގެ ތަފާތު ރޮނގުރޮނގަށް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތަފާތު މައްސަލަތަކާ ބެހޭގޮތުން ލިޔުއްވައި، އެކަންތައްތައް އިޞްލާޙުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވައެވެ. އަދި އޭގެއިތުރަށް ރޭޑިއޯގެ ޛަރީޢާއިންނާއި، ޓީވީގެ ޛަރީޢާއިން އަޅުގަނޑުމެންގެ  ދިރިއުޅުމުގެ އެކިއެކި މައްސަލަތަކަށް ފާޑުވިދާޅުވެ އަދި އެކަންތައްތައް އިޞްލާޙުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ކުރަންބޭނުންވާ ކަންތައްތަކުގެ ފިލާވަޅުތައް އަޅުގަނޑުމެންނަށް ދެއްވައެވެ. އިޖުތިމާޢީގޮތުން ހޭލުންތެރިކަން އިތުރުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައެވެ.