އަލްފާޟިލް އަޙްމަދު އާޠިފް
މއ.ދިލްކުޝާގެ

      ފަހަކަށް އައިސް އެކްސްރޭ އާޠިފްގެ ނަމުން ގިނަ ބަޔަކަށް އާޠިފް ތަޢާރުފް ވެފައިވިނަމަވެސް، އަލްފާޟިލް އަޙްމަދު އާޠިފަކީ، ކުޅިވަރުގެ މައިދާނުގައިވެސް ފާހަގަކޮށްލެވޭފަދަ ތަރިއަކަށްވަނީ ވެފައެވެ. އިނގިރޭސި ލަވަ ވިދާޅުވުމާއި މިޔުޒިކްގެ ރޮނގަކީ، އޭނާ ވަރަށް ކުރައްވާ ހިތްޕުޅުން ކުރިއަށް ވަޑައިގަންނަވާ ރޮނގެކެވެ.

           މިޔުޒިކުގެ އިތުރުން އަލްފާޟިލް އަޙްމަދު އާޠިފަކީ، ބެޑްމިންޓަން ކުޅުއްވުމުގައިވެސް މޮޅު ކުޅުންތެރިއެކެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި ބެޑްމިންޓަން ކުޅުއްވައި ރާއްޖެއަށް ރީތި ނަމެއް ހޯއްދަވާދެއްވާފައި ވެއެވެ. އަލްފާޟިލް އަޙްމަދު އާޠިފަކީ މިހާރުވެސް، އެ ދާއިރާއާ ވަކިވެ ވަޑައިގަތުމެއްނެތި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.