އަލްފާޟިލް މުޙައްމަދު ވަޖީހު
މ.ހަޒާރުމާގެ

           އަލްފާޟިލް މުޙައްމަދު ވަޖީހަކީ، ވަރަށް ތުއްޕުޅުއިރުއްސުރެ ޚާއްޞަ ކުޅިވަރެއްގެ ގޮތުގައި ބެޑްމިންޓަން ކުޅުއްވަމުން ގެންދެވި ބޭފުޅެކެވެ. ގޭގައި ބެޑްމިންޓަން ކޯޓް އަޅުއްވައިގެން މުޅިން އަމިއްލަފުޅަށް އެކަން ކުރައްވައި ބެޑްމިންޓަންގެ ރޮނގުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވަނީ ޙާޞިލުކުރައްވާފައެވެ. އޭގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރެއްގައި ބެޑްމިންޓަނުން ރާއްޖެއަށް ރީތި ނަމެއްވެސް ހޯއްދަވައިދެއްވާފައިވެއެވެ.