އަލްފާޟިލް އަޙްމަދު ޒާހިރު
މ.ސީނާ

           އަލްފާޟިލް އަޙްމަދު ޒާހިރަކީ، ނޫސްވެރިކަމުގެ ރޮނގުގައި ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ވަރަށް ކުރިއްސުރެ ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ރާގާއި ނޫހަށް ދިރުންގެނެސް ދެއްވިއެވެ. މުޖްތަމަޢުގެ ތަފާތު ދިމަދިމާއަށް އޭނާގެ ލިޔުއްވުންތަކުގައި ބައްލަވާލައްވައި މީހުންގެ ސަމާލުކަމަށް ގެންނަވާފައިވެއެވެ. އަދި އޭގެ ސަބަބުން އެފަދަ ބައެއް ކަންތައްތަކަށް ހެޔޮ ބަދަލު އައިސްފައިވެސް ވެއެވެ.

އަލްފާޟިލް އަޙްމަދު ޒާހިރުގެ ލިޔުއްވުންތަކުގައި މީހުންގެ މިކަން އެންމެ ބޮޑަށް އެނގެނީ އޭނާގެ އަމިއްލަފުޅު ނޫހެއްގެގޮތުގައި "ހަފްތާ" ނޫސް ހިންގެވި ދުވަސްވަރު އޭނާ ލިޔުއްވާފައިވާ ލިޔުއްވަންތަކަށް ބަލައިލީމައެވެ. މީގެ އިތުރުން، ރާއްޖޭގެ ތަފާތު ޚަބަރުތައް ބޭރުގެ ބައެއް ޤައުމުތަކުގެ ނޫސްތަކަށްވެސް ފޮނުއްވައި ހެއްދެވިއެވެ.