އަލްފާޟިލް ޢަލީ ރިޒާ
ހ.މީރުބަހުރުގެ

           މިޒަމާނުގެ އުޞޫލަށް ތަރުތީބުކުރެވިގެން ރާއްޖޭގައި ހުޅުވިފައިވާ ލައިބްރަރީތައް މިހާރު ގިނަ ނަމަވެސް "މުޙައްމަދު އިސްމާޢީލް ލައިބްރަރީ"ގެ ނަމުގައި ހެންވޭރު މީރުބަހުރުގޭގައި ހުޅުވުނުއިރު، ރާއްޖޭގައި ހުރި ލައިބްރަރީތަކުގެ ޢަދަދު ވަރަށްވެސް މަދެވެ. މި ލައިބްރަރީ އުފެއްދެވުމާއެކު ފޮތުގެ ޢަދަދު އިތުރު ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްކުރައްވައި ލައިބްރަރީގެ ޚިދުމަތް ޒުވާނުންނަށް ތަޢާރުފުކޮށްދެއްވުމަށް މަސައްކަތްކުރައްވާފައި ވެއެވެ. ލައިބްރަރީގެ ޚިދުމަތަކީ ދިވެހީންނަށް މާބޮޑު ތަޢާރުފުވެފައިވާ ކަމެއްނޫންނަމަވެސް އެކަން ވަރަށް އެކަށީގެންވާ ފެންވަރަކަށް ކުރައްވާފައިވެއެވެ.