އަލްފާޟިލް އަޙްމަދު ޢައްބާސް
ގ.ޑޭޒީމާގެ

           ކުރެހުންތެރިންނަކީ، އެމީހުންގެ މުޅި ޚިޔާލާ ފިކުރު އެކަމަށް ހުސްކޮށްލައްވައިގެން އުފެދޭ ޝުޢޫރުތަކަށް ސިފަ ގެންނަވާ ބޭފުޅުންނޭވެސް ދެންނެވިދާނެއެވެ. އޭގެ ތެރޭންވެސް އަލްފާޟިލް އަޙްމަދު ޢައްބާހަކީ، އަމިއްލަފުޅު ޚިޔާލުގެ ކުރެހުންތައް ތަރައްޤީ ކުރައްވައި ބައިނަލްއަޤްވާމީ މަޢުރަޟެއްގައި ބައިވެރިކުރައްވައިގެން ރާއްޖެއަށް ރީތި ނަމެއް ހޯއްދަވައި ދެއްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، ޒަމާނުއްސުރެ ރާއްޖޭން ބޭރުން ކުރައްސަމުން ގެންދެވުނު ރާއްޖޭގެ ސްޓޭމްޕްފަދަ މުހިންމު ބައެއް ތަކެތި ކުރައްސަވާ، ހައްދަވާފައިވެސް ވެއެވެ. ނަތީޖާއެއްގެގޮތުން ބޭރުގެ ބައެއް ކުރެހުންތެރިންވެސް އަލްފާޟިލް އަޙްމަދު ޢައްބާހަށް ތަޢުރީފު ކުރައްވާފައިވެއެވެ.