އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނު
ރަތްވިލާގެ / މ.މުލި

           ރާއްޖޭގެ ފޫޅުމައިންނަކީ، އެމީހުންގެ މަސައްކަތަށް މަދު ފަހަރެއްގައިނޫނީ އުޖޫރައެއް ހިފާ ބައެއް ނޫނެވެ. ނަމަވެސް، މީހުން ވިއްސުމުގެ ކަންތައް މުރާލިކަމާއެކު ރަށްރަށުގައި އެމީހުން ކޮށް އުޅެއެވެ. އޭގެތެރެއިންވެސް ނަސީމާ މުޙައްމަދު ކަލޭފާނަކީ، ފޫޅުމައެއްގެ ގޮތުގައި އޭނާގެ ޚިދްމަތް މުލަކު އަތޮޅަށް ދެއްވަމުން ގެންދަވާ ބޭކަނބަލެކެވެ.