އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ
މީޒާން / ޅ.ނައިފަރު

           ޑޮކްޓަރީ އުސޫލުން ޞިއްޙީ ޚިދުމަތް ދޭނޭ ބަޔަކު އުފެއްދެވުމަށް ސަރުކާރުން ކުރެއްވި މަސައްކަތްޕުޅެއްގައި ހެލްތު އެސިސްޓަންޓުންގެ ނަމުގައި ބަޔަކު އުފައްދަވައި އެބޭފުޅުންގެ ޚިދްމަތުގެ މައިދާނަށް ނެރުއްވިއެވެ. އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާގެ ޚިދުމަތްވެސް އެހިސާބުން ޤައުމަށް ލިބެމުން ދިޔައެވެ. ޚާއްޞަކޮށް ނައިފަރުގެ ރައްޔިތުންނަށެވެ. އޭނާފަދަ ގިނަ ހެލްތު އެސިސްޓެންޓުންގެ ޚިދުމަތް މާލޭގައި ތިއްބަވައިގެން ދެއްވަމުން ގެންދެވިނަމަވެސް، އޭނާގެ މަސައްކަތް ބިނާކުރެއްވީ، އަތޮޅުގައެވެ. ނަމަވެސް ރަށުގައި ހުންނަވައިގެން ތަފާތު ޞިއްޙީ މަޢުލޫމާތުތައް ލިޔުއްވައި ނޫސްނޫހާއި މަޖައްލާތަކުގައި ޝާއިޢުކުރައްވައި ހެއްދެވިއެވެ.