އަލްފާޟިލް ޙަސަން މާހިރު
މއ.އަންބަރާ

           ރާއްޖޭން ބޭރުން ތަޢުލީމު ޙާޞިލުކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު ދިވެހި ދަރީންނަށް ތަޢުލީމު ދިނުމުގެ ޝައުޤުވެރިކަން އުފެދި އެކަމަށް މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. މިމަސައްކަތްޕުޅަށް ޢަމަލީ ސިފައެއް ގެނެވުނީ، އިންގްލިޝް ޕްރެޕަރޭޓަރީ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅުންގެ ތެރޭގައި ޙަސަން މާހިރު ހިމެނިވަޑައިގަންނަވާނޭ ފުރުޞަތެއް ލިބިވަޑައިގަތުމާ ގުޅިގެންނެވެ. ޙަސަން މާހިރަކީ، އީ.ޕީ.އެސް. ސްކޫލްގެ ނަމުގައި އަމިއްލަ ތަޢުލީމީ މަރުކަޒެއް ބިންގާ އެޅުނީއްސުރެ މިއަދާ ހަމައަށްވެސް އެމަސައްކަތުގައި ދެމިހުންނެވި، މިއަދުގެ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލްގެ ޢިއްޒަތްތެރި ނާޡިރުވެސް މެއެވެ.

           އަލްފާޟިލް ޙަސަން މާހިރުގެ ނާޡިރުކަމުގެ ދަށުގައި އީ.ޕީ.އެސް.އެސް ހޯދާފައިވާ ކާމިޔާބީއާއި، ތަޢުލީމީގޮތުން ކުރިއަރާފައިވާ މިންވަރަކީ، އެންމެނަށްވެސް އެނގި ފައުޅުވެގެންވާކަމެކެވެ.