އަލްފާޟިލް މުޙައްމަދު ފައުޒޫން
ތޯތާގެ، ސ.މީދޫ

މުޙައްމަދު ފައުޒޫނަކީ، މިހާރު މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރުކަން އަދާކުރައްވާ ޒުވާނެކެވެ. ޣިޔާޘުއްދީން ސްކޫލާއި، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، 2015 ވަނަ އަހަރު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން މަތީ ޘާނަވީ ތަޢުލީމު ވަނީ ފުރިހަމަކުރައްވާފައެވެ. ފައުޒޫން ރޯވަރ ސްކައުޓް ފަށްޓަވާފައިވަނީ، ޣިޔާޘުއްދީން ސްކޫލްގައި 2014 ވަނަ އަހަރުގައެވެ. އެއަށްފަހު 2016 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕާ ގުޅިވަޑައިގެން، އެ ސްކޫލްގެ ރޯވަރ ސްކައުޓެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިއެވެ. 2017 ވަނަ އަހަރު ސްވިޓްޒަރލޭންޑްގައި ބޭއްވުނު، [ދެވަނަ ވަރލްޑް ސްކައުޓް އެޑިޔުކޭޝަން ކޮންގްރެސް]ގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވެއެވެ. ފައުޒޫންވަނީ، 2015 އިން 2017 އަށް، ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލުގެ މެންބަރުކަން އަދި 2017 ވަނަ އަހަރު، ހެޑްކްއަރޓަރ ކޮމިޝަނަރުކަންވެސް ކުރައްވާފައެވެ.