އަލްފާޟިލް މުޙައްމަދު އަޒާން ޢަބްދުﷲ
ގ.ލަގަނާ

މެރިން ބައޮލޮޖީ އަދި އެންޓާރކްޓިކް ސައިންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ މުޙައްމަދު އަޒާން ޢަބްދުﷲ އަކީ، މިވަގުތު ދަރުމަވަންތަ ސްކޫލްގައި ސްކައުޓް ހިންގެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ލީޑަރެވެ. 2010 ވަނަ އަހަރު 23 ވަނަ މާލޭ ސްކައުޓް ގްރޫޕްގެ ރޯވަރ ކްރޫއާ ގުޅިވަޑައިގަތުމަށްފަހު، އަޒާންވަނީ ސްކައުޓް އެސޯސިއޭޝަންގެ ބޭސިކް ލީޑަރ ޓްރޭނިންގ ކޯސް ފުރިހަމަކުރައްވައި، ހިރިޔާ ސްކޫލްގެ ސްކައުޓް ލީޑަރެއްގެ ގޮތުގައި ދެއަހަރު ވަންދެން ހަރަކާތްތެރިވެވަޑައިގެންފައެވެ. މަތީ ތަޢުލީމު ހާސިލުކުރެއްވުމަށް އޮސްޓްރޭލިއާގައި ހޭދަކުރެއްވި ދުވަސްތަކުގައިވެސް، އޮސްޓްރޭލިއާގެ ސްކައުޓް ގްރޫޕަކާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގެ އިތުރުން، ސްކައުޓް ލީޑަރުންނަށް ހިންގަވާ [ވުޑް ބެޖް] ކޯސް ފުރިހަމަކުރައްވާފައިވެއެވެ.

2012 އިން 2014 އަށް ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލުގެ ވައިސް ޗެއަރމަންކަން ކުރައްވާފައިވެއެވެ. މިހާރު އަޒާން ގެންދަވަނީ، މާޝަލް އާޓްސް ސްޓަޑީޒްގެ ރޮނގުން ފްރާންސްގައި މާސްޓަރޒް ފުރިހަމަކުރައްވަމުންނެވެ.