އަލްޙާފިޡާ ސަޖްވާ މުޙައްމަދު ލަޠީފް
ފެހިގެ، ދ.މީދޫ

ޤުރްއާން ހިތުދަސްކުރެއްވުމަށް މަންމައާއި ބައްޕަ އަބަދުވެސް ހިތްވަރު ދެއްވައެވެ. ދައްތައާއި ކޮއްކޮއަކީވެސް ކީރިތި ޤުރްއާން ހިތުދަސްކުރައްވާފައިވާ ޙާފިޡުން ކަމަށްވާތީ، އެކަމުންވެސް ވަރަށްބޮޑު ހިތްވަރެއް ސަޖްވާއަށް ލިބިވަޑައިގަތެވެ. ޢަރަބިއްޔާ ސްކޫލްގެ ގްރޭޑް 12 ނިންމެވިއިރު، ސްކޫލް މުޤައްރަރުގެ ގޮތުގައި 6 ފޮތް ދަސްކުރައްވާފައިވެއެވެ. އެއަށްފަހު ޤުރްއާން ހިތުދަސްކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި މަސައްކަތް ފެށްޓެވީ 2015 ވަނަ އަހަރުގައެވެ. ޤުރްއާން އެއްކޮށް ހިތުދަސްކުރައްވައި ނިންމެވީ 2017 ވަނަ އަހަރުގައެވެ. އަދި ޤުރްއާން މުރާޖަޢާ ކުރައްވައި ޙިފްޡް ކޮމިޓީއަށް ކިޔައިދެއްވައި ސަނަދު ހާސިލު ކުރެއްވީ މިއަހަރުއެވެ.