އަލްޙާފިޡް މުރުޝިދުލް އަމީން
ނީލަންވާދީ، ސ.ހިތަދޫ

ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފެށްޓެވީ 2014 ވަނަ އަހަރުގައެވެ. ހިތުދަސްކުރައްވާ ބައި ފުރަތަމަ ކިޔުއްވައިދެއްވަމުން ގެންދެވީ މަންމައަށެވެ. އޭގެފަހުން އަލްޙާފިޡް އިބްރާހީމް ޝިހާބުގެ އެހީތެރިކަމާއެކު، މަސައްކަތް ކުރިއަށް ގެންދެވީއެވެ. ޤުރްއާން ހިތުދަސްކުރެއްވިއިރު ކޮންމެ ދުވަހަކު ދަސްކުރައްވަނީ 1 ޞަފްޙާއެވެ. މުރާޖަޢާ ކުރައްވަމުން ގެންދެވިއިރު ދުވާލަކު ފޮތެއްގެ އެއްބައެވެ. އޭގެފަހުން ދުވާލަކު ފޮތެއްވެސް މުރާޖަޢާ ކުރެއްވިއެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ 2016 ވަނަ އަހަރުގައެވެ. ޙާފިޡުކަމުގެ ސަނަދު ހާސިލު ކުރެއްވީ 2017 ވަނަ އަހަރުގައެވެ.