އަލްޙާފިޡާ ޝައުސަން ވަސީމް
ވެސްޓްލައިޓް، ސ.ހުޅުދޫ
ޤުރްއާން ހިތުދަސްކުރެއްވުމަށް ފުރަތަމަ ފެށްޓެވީ ހުޅުދޫ މަދްރަސަތުއް ނަޞްރިއްޔާގައެވެ. އޭގެފަހުން ސަޢޫދީ ޢަރަބިއްޔާގެ މަދީނާއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެއަށްފަހު، ދިރިއުޅުއްވުން ރާއްޖެއަށް ބަދަލުވުމާ ގުޅިގެން، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ބައިވެރިވެވަޑައިގެން އަލުން ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފެށްޓެވީ 2004 ވަނަ އަހަރުގައެވެ. ބައެއް ސަބަބުތަކާހުރެ، ދަސްކުރެއްވުން މެދުކެނޑުމަށްފަހު 2014 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވައި، މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު، ޤުރްއާން ހިތުދަސްކުރައްވައި ނިންމަވައި ސަނަދު ހާސިލު ކުރެއްވީ 2017 ވަނަ އަހަރުގައެވެ.