މިސިޒް ޓޯނީ ޑިލަރޫކް Mrs Toni de Laroque
އިނގިރޭސިވިލާތް (England)

ފަތުރުވެރިއެއްގެ ގޮތުން މިސިޒް ޓޯނީ ޑިލަރޫކް ފުރަތަމަ ރާއްޖެއަށް ޒިޔާރަތް ކުރެއްވީ 1980 ވަނަ އަހަރުއެވެ. މީނާ ރާއްޖެއަށް ކުރެއްވި ޒިޔާރަތް ނިންމަވައިލައްވައި އެނބުރި ޤައުމަށް ވަޑައިގެން، އިނގިރޭސިވިލާތުގެ އަންހެނުންގެ ސްކޫލްތަކުގަޔާއި، ވިމެންސް ލަންޗަން ކްލަބްތަކުގައި ރާއްޖެއާބެހޭ މަޢުލޫމާތު ދެއްވައި، ރާއްޖެއާމެދު މީހުން ޝައުޤުވެރިކުރުވުމުގެ މަސައްކަތް ފެށްޓެވިއެވެ.

މީގެއިތުރުން، އިނގިރޭސިވިލާތުގެ ބައެއް ރޭޑިޔޯ ސްޓޭޝަންތަކުން ފޮނުވާ ޕްރޮގްރާމްތަކުގައި، ރާއްޖެއާބެހޭ މަޢުލޫމާތު ދެއްވައި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރައްވައި، މީހުން ޝައުޤުވެރި ކުރުވުމަށްވެސް މަސައްކަތް ކޮށްދެއްވާފައިވެއެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމުގެ ގޮތުން، އެކިއެކި މަޖައްލާތަކުގައި ރާއްޖެއާމެދު މީހުން ޝައުޤުވެރިވާކަހަލަ މަޒުމޫނުތައް ލިޔުއްވައި ޝާއިޢު ކުރައްވަން ފެށްޓެވިއެވެ. މީގެއިތުރުން، އިނގިރޭސިވިލާތުގެ އެކި ޖަމާޢަތްތަކުން އިންތިޒާމުކުރާ ބައްދަލުވުންތަކުގައި ރާއްޖެއާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމުގެ މަސައްކަތާއި، ރާއްޖެއަށް ފަތުރުވެރިން ފޮނުވުމަށްޓަކައި [މޯލްޑިވްސް ޓްރެވަލް]ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، ރާއްޖެއަށް ފަތުރުވެރިން ފޮނުއްވުމުގެ މަސައްކަތްވެސް މީނާ ކުރައްވާފައިވެއެވެ. އަދި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އޮނަރަރީ ޓޫރިޒަމް ރެޕްރެޒެންޓެޓިވްގެ މަޤާމު 1990ގެ އަހަރުތަކުގެ ތެރޭގައި މީނާ ފުރުއްވާފައިވެއެވެ.

ފަތުރުވެރިންގެ ތެރޭގައި ޓޯނީ ޑިލަރޫކް މަޝްހޫރުވެފައިވަނީ [ދަ މޯލްޑިވް ލޭޑީ]ގެ ނަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 1997 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި ހަނދާނީ ލިޔުން މީނާއަށް ލިބިވަޑައިގެންފައިވެއެވެ.

 

Mrs Toni de Laroque has played a valuable role in promoting the Maldives as a tourism destination in the United Kingdom. Fondly known as 'the Maldive lady', she first visited the Maldives in 1980. Upon her return to the United Kingdom, she started a campaign to promote the Maldives at women's schools and women's luncheon clubs, and provided information about the Maldives on British radio programmes. She has also published travel related articles on the Maldives, and has provided information on the Maldives at various meetings in the UK. She provides travel services through her company, Maldives Travel. She was the Honorary Tourism Representative of the Maldives in the UK during 1990s.

Mrs Toni de Laroque was given a special award by the Ministry of Tourism in 1997 for her valuable contribution towards the sustainable development of tourism in the Maldives.