ޕްރޮފެސަރ ފަރީދުއްދީން ބަޤާއީ Professor Fareeduddin Baqai
ޕާކިސްތާން (Pakistan)

ޕްރޮފެސަރ ފަރީދުއްދީން ބަޤާއީއަކީ 1994 ވަނަ އަހަރުން ފެށިގެން [ބަޤާއީ މެޑިކަލް ޔުނިވަރސިޓީ] ގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މީހުން ތަމްރީނުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯރެޓަރީ ޓެކްނޯލޮޖިސްޓުންނާއި، ޑެންޓިސްޓުން ތަމްރީނުކޮށްދެއްވާފައި ވެއެވެ. އަދި ބައެއް ދިވެހިން މިހާރުވެސް ގެންދަނީ އެ ޔުނިވަރސިޓީގައި ތަމްރީނު ހޯދަމުންނެވެ.

މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް ލިބެމުންދާ ވަރަށް އަގުހުރި ދީލަތި އެހީފުޅެއްކަން ފާހަގަކޮށްލެވެއެވެ. ޕްރޮފެސަރ ބަޤާއީ ވަނީ އެތައްފަހަރަކު ރާއްޖެއަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އޭނާގެ ޔުނިވަރސިޓީގެ ކުރީގެ ދަރިވަރުންނާއި، ޞިއްޙީ ދާއިރާގެ ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވައެވެ. އަދި ޕާކިސްތާނަށް ޒިޔާރަތްކުރާ ވަރަށްގިނަ ދިވެހިންނަށް އެކިގޮތްގޮތުން އޭނާ އެހީތެރިވެދެއްވަމުން ގެންދަވައެވެ.

Professor Fareeduddin Baqai has been providing very generous support and assistance in training medical and other health professionals at the Baqai Medical University since 1994. With his assistance a number of Maldivian doctors, nurses, laboratory technologists and dentists have been trained. More are under training. Professor Baqai has visited the Maldives several times and maintains excellent relations with his former students and officials of the health sector. He also serves as an 'ambassador' to many Maldivians who travel to Pakistan.