ފީފާ ވޯލްޑް ކަޕް އޭޝިއަން ކޮލިފިކޭޝަންގައި ދިވެހި ރާއްޖެއާއި ޗައިނާ މިރޭ ބައްދަލުކުރި މެޗު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗް 5 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ ޗައިނާގެ ޓީމެވެ.
މިމެޗުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމީ ޓީމުގެ އައު ޖާޒީ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވާފައެވެ.