
މ.ގުލްހަޒާރުގެ
ރީކޯ މޫސާ މަނިކު ފިލްމު ކުޅުއްވަން ފަށްޓަވާފައި ވަނީ 1989 ގައެވެ. މޫސާ މަނިކު 15 ދިވެހި ފިލްމުގައި ބަޠަލުގެބައި ކުޅުއްވާފައިވެއެވެ. ފިލްމު ކުޅުއްވައިގެން މީނާއަށް ލިބިލައްވާފައިވާ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި "ދިވެހި ފިލްމު ފެސްޓިވަލް 1994" ގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރުކަމާއި، "އާފަތިސް އެވޯޑް - 1994" ގެ ބެސްޓް އެކްޓަރު ކަމާއި، ބެސްޓް ސަޕޯޓިންގ އެކްޓަރު ކަމާއި، "އާފަތިސް އެވޯޑް - 1996" ގެ ބެސްޓް އެކްޓަރުގެ މަގާމު ލިބިލައްވާފައިވުން ހިމެނެއެވެ. ފިލްމު ކުޅުއްވުމުގެ އިތުރަށް، މޫސާ މަނިކަކީ ބައެއް ފިލްމުތަކުގެ އެސިސްޓެންޓް ޑައިރެކްޓަރުވެސް މެއެވެ.