އަލްފާޟިލާ އަމީނާ ޢަލީ
ގ.ލަގްޒަރީވުޑް

               ފެހުމުގެ މަސައްކަތް އަމީނާ ޢަލީ ފެށްޓެވީ މީގެ 32 އަހަރު ކުރިންނެވެ. ދިވެހިން ޢާންމުކޮށް ލައިއުޅޭ ހުރިހާ ވައްތަރެއްގެ ހެދުން އަމީނާ ފައްސަވައެވެ. ޤައުމީ އެކިއެކި މުނާސަބަތުތަކުގެ ކުޅިވަރުތަކުގައި ލާ ހެދުންތަކާއި، ޤައުމީ ދިދައާއި، މަދަރުސާ ކުދިންގެ ކޮންސެޓުތަކަށް ތަފާތު ވައްތަރު ވައްތަރުގެ ހެދުން ފައްސަވައިދެއްވަމުން ގެންދަވައެވެ. އަދި މިހާތަނަށް 25 ކުއްޖަކަށް ހިލޭ މި މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ.