އަލްފާޟިލް އިބްރާހީމް އަބޫބަކުރުފުޅު
އަލިވާގެ/ ބ.ކުޑަރިކިލު

               ރާއްޖޭގެ އާސާރީ މިސްކިތްތަކުގައި ހުންނަ ކުރެހުންތަކާއި ލިޔުންތައް ދިރާސާ ކުރެއްވުމުގެ މަސައްކަތް އިބްރާހީމް އަބޫބަކުރުފުޅު ފެށްޓެވިތާ 7 އަހަރު ވެއްޖެއެވެ.

               މި މަސައްކަތް ދަސްކުރެއްވުމަށްޓަކައި، މާލޭގައި މިފަދަ ލިޔުންތަކާއި ކުރެހުންތައް ހުރި މިސްކިތްތަކުގައި ހުރި ލިޔުންތަކާއި ކުރެހުންތައް ދިރާސާ ކުރެއްވިއެވެ. އަދި މާލޭ ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައި ހުރި މަހާނަގާތަކުގައި ހުރި ކުރެހުންތަކާއި، އޭދަފުށީ ޤަބުރުސްތާނުގައި ހުރި މަހާނަގާތަކުގައި ހުރި ކުރެހުންތަކުގެ އަސްލު ނުގެއްލޭގޮތަށް ވަނީ ނަކަލު ކުރައްވާފައެވެ. މާލޭ ހުކުރު މިސްކިތާއި، ޢީދު މިސްކިތުގައި ހުރި ލިޔުމާއި ކުރެހުންތަކުގެ ފަރުމާ، ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބައެއް ދަރިވަރުންނަށް އިބްރާހީމް އަބޫބަކުރުފުޅު ދަސްކޮށްދެއްވާފައިވެއެވެ.