އަލްފާޟިލް ދޮންތުއްތު
ހ.ހިރުނދުގަސްދޮށުގެ

               ދޮންތުއްތުއަކީ ކަނބުރުވެރިކަމާއި، ދިރޭއެއްޗެތީގެ ކަށްޓާއި، ދަތްފަދަ ތަކެތިން އެއްޗެތި ހައްދަވަމުން ގެންދަވާ ބޭކަލެކެވެ. ދޮންތުއްތު ހައްދަވާ ތަކެތީގެ ތެރޭގައި، ވަޅި، ހަންޖަރު، ފޯއްވަޅި، އިސްތިރި، ސަމުސާފަދަ ތަކެއްޗާއި އަސާފަދަ ތަކެތި ހިމެނެއެވެ. މިގޮތުން ދޮންތުއްތު ހައްދަވާ ތަކެތި ރާއްޖޭގެ މަސައްކަތްތެރިކަމުގެ މަޢުރަޟުތަކުގައި ބައިވެރިކުރައްވައިގެން މަތީ ވަނަތައް ހޯއްދަވާފައިވެއެވެ. މި މަސައްކަތް ދޮންތުއްތު ކުރައްވާތާ 41 އަހަރު ވެއްޖެއެވެ.