އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން
ހ.ޑީންސްވިލާ

               މުޙަންމަދު ވަޙީދުއްދީނަކީ ދިވެހި މުޖްތަމަޢަށް ތަފާތު ގިނަގުނަ އެހީތަކެއް ވެވަޑައިގެންދެއްވާ ބޭފުޅެކެވެ. މީގެ 18 ވަރަކަށް އަހަރު ކުރިން މުޙަންމަދު ވަޙީދުއްދީން ޓޫރިޒަމުގެ ދާއިރާއަށް ވެދެވަޑައިގަތުމާއެކު، ރާއްޖޭގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށް މީނާގެ އެހީތައް ލިބެން ފެށިއެވެ.  އަދި ސަރުކާރުން ކުރައްވާ ކަންތައްތަކަށް ތަރުޙީބު ދެއްވުމުގެ ގޮތުން ފައިސާއާއި ތަކެތީގެ އެހީތައް ވެދެއްވަންވެސް ފެށްޓެވިއެވެ. އަދި މާލެއާއި މާލެއަތޮޅުގެ ބައެއް ކްލަބް، ޖަމްޢިއްޔާތަކަށްވެސް މުޙަންމަދު ވަޙީދުއްދީން ގެންދަވަނީ ބޮޑެތި އެހީތަކެއް ވެދެއްވަމުންނެވެ. މިގޮތުން، މާލެއަތޮޅު ހުރާގެ ތަރައްޤީއަށްޓަކައި އޭނާ ވެދެއްވަމުން ގެންދަވާ ގިނަ އެހީތައް ފާހަގަކޮށްލެވެއެވެ.