![](https://storage.googleapis.com/presidency.gov.mv/Photos/92517_88941e1f-9_.jpg)
ފެހިވިލާގެ/ ށ.ފީވައް
ޢަދުނާނު މުޙަންމަދަކީ އުމުރުން 23 އަހަރުން ފެށިގެން ދަނޑުވެރިކަން ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. ޢަދުނާނުގެ ދަނޑުގައި ރުކާއި، ފަތްކޭލާއި، އަލައާއި، އަނބު ހައްދައެވެ. މީގެތެރެއިން އެންމެ ގިނައިން އިންދަވައި ހައްދަވަނީ ފަތްކޭލެވެ.
ދަނޑުގެ މަސައްކަތުގެ ތެރޭގައި ތަފާތު މުޑުވައް ހިލޭ ދޫކުރެއްވުމާއި، އަމިއްލައަށް ގަސްކާނާ ތައްޔާރު ކުރެއްވުމާއި، ދަނޑަށް ހިނގާ ބައެއް މަގު ހިއްކުމުގެ މަސައްކަތްވެސް ޢަދުނާނު ކުރައްވައެވެ.