އަލްފާޟިލް އިބްރާހީމް ޝިހާބު
ކަނޑުއޮޅި/ ގއ.ވިލިނގިލި

               އިބްރާހީމް ޝިހާބަކީ އުމުރުން 10 އަހަރުން ފެށިގެން މަސްވެރިކަން ކުރައްވަމުން ގެންދަވާ ހީވާގި މަސްވެރިއެކެވެ. ޢާންމުގޮތެއްގައި މީނާ ކުރައްވަނީ، ކަނޑުމަހުގެ މަސްވެރިކަމެވެ. އަދި އިބްރާހީމް ޝިހާބަކީ ޢާންމުންނަށް މަސްވެރިކަމާބެހޭ މަޢުލޫމާތު ދެއްވައި، މަސްވެރިކަން ތަރައްޤީ ކުރެއްވުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާ ގުޅިގެން ތަޙްލީލުތަކެއް ކުރައްވާފައިވާ ބޭކަލެކެވެ. އިބްރާހީމް ޝިހާބުގެ ފަރާތުން އުނގެނިގެން 6 ކެޔޮޅުންނާއި 34 މަސްވެރިން މަސްވެރިކަން ކުރަމުންދެއެވެ.