![](https://storage.googleapis.com/presidency.gov.mv/Photos/92514_1b95f378-9_.jpg)
ޑޭޒީވިލާ/ ށ.ކަނޑިތީމު
ދިވެހިބޭހާއި ރުއްގަލު ފިލާގެ ޚިދުމަތް ލިބިގަތުމަށް އަންނަ މީހުންނަށް އިބްރާހީމް އާދަމް ފަރުވާ ދެއްވަމުން ގެންދަވާތާ ވިއްސަކަށް އަހަރު ވެއްޖެއެވެ. އިބްރާހީމް އާދަމް މި މަސައްކަތް ފުރަތަމަ ކުރެއްވީ ބައްޕައާއެކު އެހީތެރިއެއްގެ ގޮތުންނެވެ.
އިބްރާހީމް އާދަމް ފަރުވާ ދެއްވަމުން ގެންދަވަނީ، އެއްވެސް އުޖޫރައަކާނުލައެވެ. ތިބޭނެ ތަނެއްނެތް ބޭރު ރަށްރަށުގެ މީހުން މީނާގެ ގޭގައި ބައިތިއްބަވައިގެންވެސް ބޭސްފަރުވާ ކޮށްދެއްވަމުން ގެންދަވައެވެ. އަދި މިކަމަށް ބޭނުންވާ ބޭސް، ހެޔޮ އަގެއްގައި ލިބޭނެގޮތްވެސް، މީނާވަނީ އިންތިޒާމު ކުރައްވާފައެވެ.