އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މާޒީ/ ލ.މާވަށް

               ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އީ.ޕީ.އެސް. ގައި ތަޢުލީމު ޙާޞިލުކުރައްވަމުން ގެންދެވިއިރު، މީނާ އިސްނަންގަވައިގެން ދިވެހިބަހުން މަޖައްލާއެއް ނެރުމުގެ މަސައްކަތް ކުރެއްވިއެވެ. އެއީ، "އެޕޯލޯ"ގެ ނަމުގައި މަހަކު އެއްފަހަރު ނެރުނު ދަރިވަރުންގެ މަޖައްލާއެކެވެ.  އޭގެފަހުންވެސް މީނާ ބައިވެރިވެވަޑައިގެންނެވި ބައެއް ކޯސްތަކުގަޔާއި، ބައެއް ކަންކަމުގައި މަޖައްލާ ނެރުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.

               "ހަވީރު" ނޫހާއި، "ޖަމާޢަތުގެ ޚަބަރު" ގައާއި އެހެނިހެން މަޖައްލާތަކުގައިވެސް ޢަބްދުލްޢަޒީޒު ދިވެހިބަހާ ބެހޭގޮތުން ލިޔުއްވާފައިވާ ގިނަ ލިޔުންތަކާއި، ޅެން ޝާއިޢު ކޮށްފައިވެއެވެ. މިހާރު މީނާއަކީ ކޮޅުމަޑުލު އަތޮޅު މަދަރުސާގެ ހެޑްމާސްޓަރެވެ. މަތީ ކުލާސްތަކުގެ ކުދިންނަށް ދިވެހިބަސް ކިޔަވައިދެއްވުމުގެ އިތުރަށް، އަދަބީ ޙަރަކާތްތައް ހިންގެވުމާއި، ޓީޗަރުންނާއި މުވައްޒަފުންނަށް ދިވެހި ބަސްމޮށުންތެރިކަމާއި ލިޔެކިޔުން، ބަހުގެ ހަމައިގެ ތެރޭގައި ބެހެއްޓުމަށް އިރުޝާދު ދެއްވަމުން ގެންދަވައެވެ.