އަލްފާޟިލް މަޑުލު މުޙަންމަދު ވަޙީދު
މ.މަޑުލު

               މަޑުލު މުޙަންމަދު ވަޙީދު ކުރުވާހަކަ ލިޔުއްވަން ފެށްޓެވީ، ދުވަހުނޫސް "މޫންލައިޓް" އަށެވެ. އަދި ފަހަކަށްއައިސް "ފަތްތޫރަ" އަށް ގިނަ އަދަދަކަށް ކުރުވާހަކަ ލިޔުއްވާފައިވެއެވެ. މުޙަންމަދު ވަޙީދުގެ ބައެއް ވާހަކަތައް އެއްކުރައްވައި "ވަޙީދުގެ ކުރުވާހަކަ" މިނަމުގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވަނީ ފޮތެއް ޝާއިޢު ކުރައްވާފައެވެ. އަދި ކުރުވާހަކަ ލިޔުމުގެ މައްޗަށް އިރުޝާދު ދިނުމުގެ ފޮތެއްވެސް ވަޙީދު ލިިޔުއްވާފައިވެއެވެ. ސްކޫލްތަކުގައާއި، މަސައްކަތު ބައްދަލުވުންތަކުގައާއި، ކޯސްތަކުގައި މިރޮނގުން ވަޙީދު ކިޔަވައިދެއްވާފައި ވެއެވެ. އަދި މިކަމަށް ވަރަށްގިނަ އިރުޝާދު ނޯޓުތައް ލިޔުއްވައި ވަނީ ޗާޕުކުރައްވާފައެވެ.