އަލްފާޟިލް މުޙައްމަދު ސަލީމު ހޯރަފުށި
ގ.ލަންކާ

               ނޫސްވެރިކަމުގެ ތެރެއަށް މުޙަންމަދު ސަލީމު ވެދެވަޑައިގަތީ 1984 ގައެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ ރިޕޯޓަރެއްގެ ހަައިސިއްޔަތުން "އާފަތިސް" ނޫހުގައެވެ. މި ނޫހުގައި 1986 އާ ހަމައަށް މަސައްކަތް ކުރެެއްވުމަށްފަހު، ދެން ބަަދަލުވެވަޑައިގަތީ ދުވަހު ނޫސް "ހަވީރު"ގެ ރިޕޯޓަރަކަށެވެ. އެހާތަނުން ފެށިގެން މިއަދާ ހަމައަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެ ނޫހުގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައެވެ. ޚަބަރާއި، ރިޕޯޓާއި، ކޮލަމުގެ އިތުރަށް މަޒުމޫނުވެސް މުޙަންމަދު ސަލީމް ނޫހަށް ލިޔުއްވަމުން ގެންދަވައެވެ. އަދި ރާއްޖޭގައި ބާއްވާ ބައެއް ބައްދަލުވުންތަކާއި، ރާއްޖެއިން ބޭރުގައި ބާއްވާ ބައެއް ޖަލްސާތަކުގެ ޚަބަރުތަކާއި މަޢުލޫމާތު، ނޫސް މެދުވެރިކޮށް އާންމުންނަށް ގެނެސްދެއްވާފައި ވެއެވެ.

                 ނޫސްވެރިކަމުގެ ރޮނގުން މުޙަންމަދު ސަލީމް ކުރައްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ނޫސްވެރިކަމުގެ ރަންގަލަން 1993 ގައި، ސަރުކާރުން މީނާއަށްވަނީ ދެއްވާފަައެވެ.