އަލްފާޟިލް މުޙައްމަދު ޒަޢީމް
ނަރުގިސްވިލާ/ ގއ.ވިލިނގިލި

               މުޙަންމަދު ޒަޢީމަކީ، ރާއްޖޭގައި އާންމުކޮށް މަސްވެރިކަމުގައި ބޭނުންކުރާ މަސްދޯނީގެ ސައިޒަށާއި ބާވަތަށް އެންމެ ފުރަތަމަ، ޒަމާނާ ގުޅޭގޮތަށް ބަދަލުގެންނެވި ބޭކަލެވެ. މިގޮތުން 21 މީޓަރުގެ ދިގު މަސްދޯންޏެއް ވަނީ އުފައްދަވައި، އޭގައި ޒަޢީމް މަސްވެރިކަން ކުރައްވާތާ މިހާރު ގާތްގަނޑަކަށް 2 އަހަރާއި 7 މަސްދުވަސް ވެއްޖެއެވެ. މިދޯނީގައި، މަސްވެރިކަން ކުރުމަށް ދުރަށް ދަތުރުކުރެވޭނެ ގޮތާއި، ފަޅުވެރިންނަށް އަތްވާއި ވާރެއިން ސަލާމަތްވެ ތިބެ، ކައްކައި ކައިބޮއި ނިދޭނެގޮތް ހަމަޖެހިފައި ހުރެއެވެ.