އަލްފާޟިލް ޢަބްދުއްސަމީޢު ޙަަސަން
މއ.އިސްޕަންޖުގެ

               ޢަބްދުއްސަމީޢު ޙަސަން، މަދްރަސަތުލް އަޙްމަދިއްޔާ ހިންގެވުމާ ފުރަތަމަ ހަވާލުވެވަޑައިގަތީ، 1989ގެ އޮގަސްޓު މަހުގައެވެ. އޭގެ ތިންމަސްފަހުން އެ މަދަރުސާގެ ޕްރިންސިޕަލްކަމާ ޢަބްދުއްސަމީޢު ހަވާލުވެވަޑައިގަތެވެ. މިހާރުވެސް މީނާ ހުންނެވީ މި މަގާމުގައެވެ. ޢަބްދުއްޞަމީޢުގެ ޕްރިންސިޕަލް ކަމުގައި ތަޢުލީމީ ރޮނގުންނާއި، އަދަބީ ރޮނގުންނާއި، ކުޅިވަރުގެ ރޮނގުން މަދްރަސަތުލް އަޙްމަދިއްޔާ ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

               މަދްރަސަތުލް އަޙްމަދިއްޔާއަކީ، މާލޭގައިހުރި އެންމެ ދަރިވަރުން ގިނަ މަދަރުސާއެވެ. އަދި މަދަރުސާއިން ނިމިގެން އެންމެ ގިނަ އަދަދެއްގެ ކުދިން ކޮންމެ އަހަރަކު ޚިދުމަތަށް ކުރިމަތިލާ މަދަރުސާއަަކީވެސް މަދްރަސަތުލް އަޙްމަދިއްޔާއެވެ.